ކައުންސިލްގެ 9 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ 9 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 24 އިން 26 އަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2025 އޭޕްރީލް 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމުިވުމުގެ ފުރުސަތު ދެވިފައިވެއެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރަންވާނެއެވެ.

ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރެވޭނީ އޮންލައިންކޮށެވެ. މިގޮތުން ފޯމު ފުރުމަށް https://forms.gle/b3KrFPpaMiFyTsxH8 މި ލިންކު މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ.

މި މުބާރާތަކީ ކައުންސިލުން އަހަރުން އަހަރަށް ބާއްވަމުން އަންނަ މުހިންމު ޤުރުއާން މުބާރާތެކެވެ. މި މުބާރާތުގެ މަޤްޞަދަކީ ޤުރުއާނަށް ލޯބިކުރާ ޖީލެއް ބިނާކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމެވެ.

ކައުންސިލުން އިތުރު މަޢުލޫމާތު ހާމަކުރެއްވި ގޮތުގައި، މުބާރާތާ ގުޅޭ އިތުރު ތަފްސީލު އަދި ގަވާއިދުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް އެކަށީގެންވާ އިނާމުތަކެއްވެސް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.