"ދަ ޔުނިޓީ ޗެމްޕިއަންޝިޕް 2025 - ޖޫނިއަރ އެޑިޝަން" ގެ ފުޓްސަލް އަދި ހޭންޑް ބޯލްގެ ޗެމްޕިއަންކަންވެސް ސަންގު ހައުސްއިން ހޯދައިފި
ވިލުފުށީ ސްކޫލްގެ ހައުސްތަކުގެ މެދުގައި ސެޕްޓެމްބަރ 6 އިން 17 އަށް ކުރިއަށްދިޔަ "ދަ ޔުނިޓީ ޗެމްޕިއަންޝިޕް 2025 - ޖޫނިއަރ އެޑިޝަން" ގެ ފޯރިގަދަ މުބާރާތުގެ ފުޓްސަލް އަދި ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަންވެސް ސަންގު ހައުސްއިން ހޯދައިފިއެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ރަށުގެ އަރަމުން އަންނަ ޒުވާން ކުދިންނަކީ ކުޅިވަރު ކުޅުމަށް ލޯބިކުރާ އަދި އެކި ކުޅިވަރުތަކުގެ ހުނަރުތައް ހުރި މޮޅެތި ކުދިންތަކަކަށް ހެދުމެވެ. މިއި މިއެޑިޝަންގެ ފުރަތަމަ މުބާރާތްކަމުން މި މުބާރާތް އަމާޒުކުރެވިފައިވަނީ ސްކޫލްގެ ހައުސްތަކަށެވެ.
ފިރިހެން ކުދިންގެ ފުޓްސަލް މުބާރާތުގައި ސަންގު ހައުސްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ޗެމްޕިއަންކަން ހޯދާފައެވެ. މި ޑިވިޝަންގެ ރަނަރަޕް ހައުސްއަކީ ރާކަނި ހައުސްއެވެ. މީގެ އިތުރުން، "ދަ ޔުނިޓީ ޗެމްޕިއަންޝިޕް 2025 - ޖޫނިއަރ އެޑިޝަން" ފުޓްސަލްގެ ކިންގް އޮފް ދަ ޓޯނަމަންޓްގެ މަޤާމު ސަންގު ހައުސްގެ އިބްރާހިމް އައިމަން އަޙްމަދު ހާސިލްކޮށްފައިވެއެވެ.
އަންހެން ކުދިންގެ ހޭންޑް ބޯލް މުބާރާތުގައިވެސް ސަންގު ހައުސްއިން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މުބާރާތުގެ ރަނަރަޕް ހައުސްއަކަށް ހޮވިފައިވަނީ ސަނދަރަ ހައުސްއެވެ. ހޭންޑް ބޯލް މުބާރާތުގެ ކުއީން އޮފް ދަ ޓޯނަމަންޓްގެ މަޤާމު ސަންގު ހައުސްގެ ހައްވާ މާނިއާ ހޯދާފައިވެއެވެ.
މި މުބާރާތުގެ ފޯރި އިތުރަށް ގަދަކުރުމުގެ މަޤްސަދުގައި، ވިލުފުށީ ކައުންސިލުން ވަނީ މުބާރާތުގެ ދެ ޑިވިޝަންގައިވެސް އެންމެ ވަރުގަދައަށް ސަޕޯޓުކުރި ހައުސްއަށް ސަޕޯޓާސް އެވޯޑުވެސް ދީފައެވެ. މި އެވޯޑުވެސް ހާސިލްކޮށްފައިވަނީ ހަންގު ހައުސްއިންނެވެ. މިއާއެކު، ސަންގު ހައުސްއިން ވަނީ މި މުބާރާތުގެ ދެ ޑިވިޝަނުންވެސް ބޮޑު ކާމީޔާބީއެއް ހާސިލުކޮށްފައެވެ.
