އާމިނަތު މަޒާޔާ މުޚްތާރު
ކައުންސިލް މެންބަރު
އާމިނަތު މަޒާޔާ މުޚްތާރު މަތީ ތަޢުލީމު ހާސިލްކުރެއްވީ މަންދު ކޮލެޖުންނެވެ. އެއީ ޓީޗިންގ ދާއިރާއިންނެވެ. ސަރުކާރާއި ރަށަށް ޚިދުމަތްކުރުމުގައި އެކަމަނާ އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ވިލުފުށީ ސްކޫލްގެ މުދައްރިސެއްގެ މަޤާމުގައެވެ. އެއީ 2010 ން 2014 އަށެވެ. އެއަށްފަހު ލާމަރުކަޒީ ޤާނޫނަށްގެނައި ބަދަލާއެކު ކައުންސިލްތަކުގެ %33 އިންސައްތަ އަންހެން ކަނބަލުންނަށް ޙާއްސަކުރުމަށްފަހު 2021 ވަނަ އަހަރު އިންތިޙާބުކުރި ކައުންސިލްގެ ފަސްވަނަ ދައުރުގެ އަންހެން ދެ މެންބަރުންގެ ތެރޭގައި އާމިނަތު މަޒާޔާ މުޚްތާރު ހިމެނިވަޑައިގަންނަވައެވެ.