Profile Photo

ޙުސައިން އަބްދުއްސަލާމް އާދަމް

ކައުންސިލް ނައިބު ރައީސް

ޙުސައިން އަބްދުއްސަލާމް އާދަމް ސާނަވީ ތަޢުލީމް ހާސިލްކުރެއްވީ ގަލޮޅު މަދަރުސާއިންނެވެ. ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރެއްވުމަށްފަހު ސަރުކާރާއި ރަށަށް ޚިދުމަތްކުރުމުގައި އެމަނިކުފާނު އެންމެ ފުރަތަމަ ހަރަކާތްތެރިވީ ސުނާމީ ކާރިސާގައި ވިލުފުއްޓަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި ވިލުފުށީ އާރާސްތުކުރުމުގެ މަސައްކަތުގައެވެ. އެއަށްފަހު ލާމަރުކަޒީ ޤާނޫނުގެ ދަށުން 2011 ވަނަ އަހަރު އިންތިޚާބުކުރި ކައުންސިލްގެ ފުރަތަމަ ދައުރުގެ މެންބަރުކަމާއި 2017 ވަނަ އަހަރު އިންތިޚާބުކުރި ކައުންސިލްގެ ތިންވަނަ ދައުރުގެ ރައީސްކަން ކުރެއްވިއެވެ. އަދި 2021 ވަނަ އަހަރު އިންތިޚާބުކުރި ކައުންސިލްގެ ފަސްވަނަ ދައުރުގެ ނައިބު ރައީސްއަކީވެސް ޙުސައިން އަބްދުއްސަލާމް އާދަމެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2024 ކޮޕީރައިޓްސް