ޙުސައިން ޖަބީން
ކައުންސިލް ރައީސް
ޙުސައިން ޖަބީން ސާނަވީ ތަޢުލީމް ޙާޞިލްކުރެއްވީ މާލޭ އިންގްލިޝް ސްކޫލުންނެވެ. ސަރުކާރާއި ރަށަށް ޚިދުމަތްކުރުމުގައި އެމަނިކުފާނު އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ މަދަރުސަތުލް ޖިހާދުގެ މުދައްރިސެއްގެ މަޤާމުގައެވެ. އެއީ 2000 ން 2001 އަށެވެ. އެއަށްފަހު 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ވިލުފުށި އާރާސްތުކުރުމުގެ މަސައްކަތުގައި އަދި ރަށްކުރިއަރުވާ ކޮމިޓީގައި 2006 ން 2009 ށް ހިލޭސާބަހަށް މަސައްކަތްކުރެއްވިއެވެ. އެއަށްފަހު 2009 ން 2011 އަށް ޔޫޓިލީ ކޮމްޕެނީގެ ދަށުން ހިންގި ވިލުފުށީ އިންޖީނުގޭގެ ސްޕަވައިޒަރގެ މަޤާމްވެސް އަދާކުރެއްވިއެވެ. އަދި ލާމަރުކަޒީ ޤާނޫނުގެ ދަށުން 2011 ވަނަ އަހަރު އިންތިޚާބުކުރި ކައުންސިލްގެ ފުރަތަމަ ދައުރުގެ ނައިބު ރައީސްކަމާއި 2014 ވަނަ އަހަރު އިންތިޚާބުކުރި ކައުންސިލްގެ ދެވަނަ ދައުރުގެ މެމްބަރުކަމާއި އަދި އެދައުރުގެ ތެރޭގައި 2015 ވަނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން ދައުރުގެ ނިޔަލަށް ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވެއެވެ. އަދި 2021 ވަނަ އަހަރު އިންތިޚާބުކުރި ކައުންސިލްގެ ފަސްވަނަ ދައުރުގެ ރައީސްއަކީވެސް ޙުސައިން ޖަބީނެވެ. މީގެ އިތުރުން މިހިނގާ ކައުންސިލްތަކުގެ ފަސްވަނަ ދައުރުގެ ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ނައިބު ރައީސްއަކީވެސް ޙުސައިން ޖަބީނެވެ.