ވިލުފުށީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖަރޒީ ހަވާލުކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގައި ވާދަކުރާ ވިލުފުށީގެ ފުޓްސަލް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް މުބާރާތުގެ ޖަރޒީ ހަވާލުކޮށްފިއެވެ. ވިލުފުށީގެ ފުޓްސަލް ޓީމަށް ޖަރޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖަރޒީ ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ)އެވެ.

ރަށުގައި ދިރިއުޅޭ ކުޅުންތެރިންނާއި މާލެ އޭރިއާގައި ދިރިއުޅެމުންދާ ކުޅުންތެރިންގެ އިތުރުން ޓީމަށް ކުޅެން ބޭނުންވާ ވިލުފުށީގެ ހުރިހާ ކުޅުންތެރިންނަށްވެސް ފުރުޞަތު ހުޅުވާލައިގެން ބޭއްވި ޕްރެކްޓިސްތަކުން ރަނގަޅު ސްކޮޑަކާއިއެކު ޓީމް މިހާރު އޮތީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައެވެ.

މިއަހަރަކީ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވިލުފުށި ވާދަކުރާ 3 ވަނަ އަހަރަށްވެފައި، އަތޮޅުބުރުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ އަޒުމުގައި ވާދަކުރާ ވިލުފުށީގެ ޓީމު މުބާރާތުގައި ބައިވެރިކޮށް ޓީމްގެ ހުރިހާ ކަމެއް ބަލަހައްޓަމުންދަނީ ވިލުފުށީ ކައުންސިލްގެ ފަރާތުންނެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2026 ކޮޕީރައިޓްސް