ކައުންސިލްގެ ރައީސް

ޙުސައިން ޖަބީން

ކައުންސިލްގެ ރައީސް

ޙުސައިން ޖަބީން ސާނަވީ ތަޢުލީމް ޙާޞިލްކުރެއްވީ ވިލުފުށީ މަދަރުސަތުލް ޖިހާދުންނާއި މާލޭ އިންގްލިޝް ޕްރިޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލުންނެވެ. ސަރުކާރާއި ރަށަށް ޚިދުމަތްކުރުމުގައި އެމަނިކުފާނު އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ މަދަރުސަތުލް ޖިހާދުގެ މުދައްރިސެއްގެ މަޤާމުގައެވެ. އެއީ 2000 ން 2001 އަށެވެ. އެއަށްފަހު 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ވިލުފުށި އާރާސްތުކުރުމުގެ މަސައްކަތުގައި އަދި ރަށްކުރިއަރުވާ ކޮމިޓީގައި 2006 ން 2009 ށް ހިލޭސާބަހަށް މަސައްކަތްކުރެއްވިއެވެ. އެއަށްފަހު 2009 ން 2011 އަށް ޔޫޓިލީ ކޮމްޕެނީގެ ދަށުން ހިންގި ވިލުފުށީ އިންޖީނުގޭގެ ސްޕަވައިޒަރގެ މަޤާމްވެސް އަދާކުރެއްވިއެވެ. އަދި ލާމަރުކަޒީ ޤާނޫނުގެ ދަށުން 2011 ވަނަ އަހަރު އިންތިޚާބުކުރި ކައުންސިލްގެ ފުރަތަމަ ދައުރުގެ ނައިބު ރައީސްކަމާއި 2014 ވަނަ އަހަރު އިންތިޚާބުކުރި ކައުންސިލްގެ 2 (ދޭއް) ވަނަ ދައުރުގެ މެމްބަރުކަމާއި އަދި އެދައުރުގެ ތެރޭގައި 2015 ވަނަ އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން ދައުރުގެ ނިޔަލަށް ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވެއެވެ. އަދި 2021 ވަނަ އަހަރު އިންތިޚާބުކުރި ކައުންސިލްގެ 4 (ހަތަރެއް) ވަނަ ދައުރުގެ ވިލުފުށީ ކައުންސިލްގެ ރައީސްކަމާއި ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ނައިބު ރައީސްއަކީވެސް ޙުސައިން ޖަބީނެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2025 ކޮޕީރައިޓްސް