މަސްދަޅު ކޭސް ދޫކުރަން ފަށައިފި

ރަމަޟާންމަހާއި ދިމާކޮށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ބެހުމަށް ނިންމާފައިވާ މަސްދަޅު ކޭސްތަކުގެ ތެރެއިން، ވިލުފުށީ ރައްޔިތުންނަށް ފޮނުވައިފައިވާ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކައުންސިލުން ފަަށައިފިއެވެ. ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން މެންދުރު 12:00 އަށް މަސްދަޅު ކޭސްތައް ދޫކުރުމުގެ ޚިދުމަތް ކައުންސިލް އިދާރާގެ ކައުންޓަރުން ދެމުން ގެންދާނެއެވެ.

ރަމަޟާންމަހަށް ޚާއްޞަކޮށްގެން ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން މިއަހަރުވެސް ގޭބިސީތަކަށް ބަހަމުން ގެންދަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހުގައިވެސް ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ރައްޔިތުންނަށް ހަދިޔާކޮށްފައެވެ. އަދި މިއަހަރު 118،673 މަސްދަޅު ކޭސް ރޯދަމަސް ފެށުމުގެ ކުރިންބަހައި ނިމޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މީލާދީ ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހެވެ.

އެހެންކަމުން މަސްދަޅުކޭސްތައް ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ރަށުގެ ހުރިހާ ގޭބިސީއަކުންވެސް މަސްދަޅު ކޭސްތައް ބަލައިދުރުވުމަކީ ކައުންސިލްގެވެސް ވަރަށް ބޮޑު އެދުމެކެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2026 ކޮޕީރައިޓްސް