"ދި ޔުނިޓީ މަސްރޭސް 2025" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަސް ރަށު ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ "ދި ޔުނިޓީ މަސްރޭސް 2025" ޑިސެމްބަރ މަހުގެ 12 ވާ ހުކުރު ދުވަހު ބޭއްވުމަށް ކައުންސިލުން ނިންމައިފިއެވެ.
"ދި ޔުނިޓީ މަސްރޭސް" މިނަމުގައި 2024 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރެއްގެވެސް މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކައުންސިލުން އިންތިޒާމުކުރާ މަސްރޭހަށް، މިއަހަރުވެސް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. މަސްރޭހުގެ އެއްވަނަ ޓީމަށް 10،000ރ ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 5،000ރ ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ތިންވަނަ ޓީމަށް 3،000ރ ގެ ފައިސާގެ އިނާމެއް ދޭން ނިންމައިފައިވާ މިމަސްރޭހުގައި އެންމެ ބަރުމަސް ބާނާ ޓީމައި އެންމެ ގިނަ މަސް ބާނާ ޓީމަށްވެސް ހާއްސަ އިނާމުތަކެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
"ދި ޔުނިޓީ މަސްރޭސް 2025" ގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2025 ޑިސެމްބަރ 10 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ކައުންސިލުން އާންމު ކޮށްފައިވާ ގުގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދު ވަނީ ހުޅުވާލާފައެވެ.
ގެޒެޓް ލިންކް: https://www.gazette.gov.mv/iulaan/368765
ރެޖިސްޓްރޭޝަން ލިންކް: https://shorturl.at/o4tqa
