Profile Photo

މަރްޔަމް ޒުހުރަތު

ކައުންސިލް މެންބަރު

މަރްޔަމް ޒުހުރަތު މަތީ ތަޢުލީމު ހާސިލްކުރެއްވީ އެވިޑް ކޮލެޖުންނެވެ. އެއީ އޮފީސް އެންޑް މެނޭޖްމެންޓްގެ ދާއިރާއިންނެވެ. ސަރުކާރާއި ރަށަށް ޚިދުމަތްކުރުމުގައި އެކަމަނާ އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ އެމް.އާރު.ޑީ.ސީ ވިލުފުށީ ސައިޓްގެ އެޑްމިނިސްޓްރޭޝަން ޑިޕަރޓްމަންޓްގައެވެ. އެއީ 2014 ން 2018 އަށެވެ. އެއަށްފަހު 2018 ން 2019 އަށް ހައުސިންގ މިނިސްޓްރީގެ ދަށުން ވިލުފުށީގައި ޤާއިމުކޮށްފައިވާ ޕަބްލިކް ވޯރކްސް ޔުނިޓްގެ އެޑްމިނިސްޓްރޭޝަން ޑިޕަރޓްމަންޓްގައިވެސް މަސައްކަތް ކުރެއްވިއެވެ. އަދި ލާމަރުކަޒީ ޤާނޫނަށްގެނައި ބަދަލާއެކު ކައުންސިލްތަކުގެ %33 އިންސައްތަ އަންހެން ކަނބަލުންނަށް ޙާއްސަކުރުމަށްފަހު 2021 ވަނަ އަހަރު އިންތިޙާބުކުރި ކައުންސިލްގެ ފަސްވަނަ ދައުރުގެ އަންހެން ދެ މެންބަރުންގެ ތެރޭގައި މަރްޔަމް ޒުހުރަތު ހިމެނިވަޑައިގަންނަވައެވެ.