އިބްރާޙިމް ޝާފިޢު
ކައުންސިލް މެންބަރު
އިބްރާހިމް ޝާފިޢު މަތީ ތަޢުލީމު ހާސިލްކުރެއްވީ އެވިޑް ކޮލެޖުންނެވެ. އެއީ ހިއުމަން ރިސޯސް އެންޑް މެނޭޖްމެންޓްގެ ދާއިރާއިންނެވެ. ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރެއްވުމަށްފަހު ސަރުކާރާއި ރަށަށް ޚިދުމަތްކުރުމުގައި އެމަނިކުފާނު އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ވިލުފުށީ ކައުންސިލްގައެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން 2014 ވަނަ އަހަރު އިންތިޙާބުކުރި ކައުންސިލްގެ 2 (ދޭއް) ވަނަ ދައުރުގެ ރައީސްކަން 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 01 ވަނަ ދުވަހާއި ހަމައަށް ކުރައްވާފައިވެއެވެ. އަދި 2 (ދޭއް) ވަނަ ދައުރުގެ ބާކީ އޮތް މުއްދަތުގައި ކައުންސިލްގެ މެންބަރުކަންވެސް ކުރެއްވިއެވެ. އެއަށްފަހު 2017 ވަނަ އަހަރު އިންތިޚާބުކުރި ކައުންސިލްގެ 3 (ތިނެއް) ވަނަ ދައުރުގެ މެންބަރުކަމާއި، 2021 ވަނަ އަހަރު އިންތިޚާބުކުރި ކައުންސިލްގެ 4 (ހަތަރެއް) ވަނަ ދައުރުގެ މެންބަރުންގެ ތެރޭގައިވެސް އިބްރާހިމް ޝާފިޢު ހިމެނިވަޑައިގަންނަވައެވެ.