ޢަބްދުﷲ ޝިރްހާން
ކައުންސިލް މެންބަރު
ކައުންސިލް މެންބަރ ޢަބްދުﷲ ޝިރުޙާން، ސާނަވީ ތަޢުލީމް ހާސިލުކުރެއްވީ މަދަރުސަތުލް ޖިހާދުންނެވެ. އަދި އިންސްޓްޓިއުޓް އޮފް އިންގްލިޝް ޔުނިވަރސިޓީ އޮފް ކެރެއްލާއިން އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިގ ކޯހެއް ފުރިހަމަކޮށްފައިވާ ކައުންސިލް މެންބަރ ޢަބްދުﷲ ޝިރުޙާންގެ ފަންނުވެރިކަމާއި ޚިދުމަތްތެރިކަމުގެ ދާއިރާއަށް ބަލާއިރު، 2005 ން 2007 އަށް ދިރާގުގެ ޕަވަރ ޓެކްނީޝަނެއްގެ ވަޒީފާ އަދާކުރެއްވިއެވެ. އަދި 2008 ން 2014 އަށް ދިރާގުގެ ސީނިއަރ ޕަވަރ ޓެކްނީޝަނެއްގެ ވަޒީފާވެސް އަދާކުރެއްވިއެވެ. އޭގެ އިތުރުން އަމިއްލަ ކުންފުނިތަކުގައި ވަޒީފާ އަދާކުރައްވާފައިވާއިރު، އިލެކްޓްރިކް އިންޖިނިއަރިންގެ ދާއިރާއިން ކައުންސިލް މެންބަރ ޢަބްދުﷲ ޝިރުޙާނަކީ ފާހަގަކޮށްލެވޭ ޚިދުމަތްތެރިއެކެވެ.