ޢަބްދުﷲ ޝަހާޢު
ކައުންސިލް ނައިބު ރައީސް
ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޝަހާޢު، ސާނަވީ ތަޢުލީމް ހާސިލުކުރެއްވީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުންނެވެ. ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޝަހާޢުގެ ފަންނުވެރިކަމާއި ޚިދުމަތްތެރިކަމުގެ ދާއިރާއަށް ބަލާއިރު، 2009 ން 2011 އަށް ސަދަން ޔޫޓިލިޓީސް ލިމިޓެޑް ވިލުފުށީ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާ އަދާކުރެއްވިއެވެ. އަދި 2014 ން 2024 އަށް ވިލުފުށީ ސްކޫލްގެ ސްޕޯރޓްސް ސްޕަރވައިޒަރގެ ވަޒީފާވެސް އަދާކުރެއްވިއެވެ. އަދި 2024 އިން 2026 އަށް ވިލުފުށީ ޞިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތް ސާވިސަސްގެ މަޤާމުވެސް ވަނީ އަދާކުރައްވާފައެވެ. ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޝަހާއުއަކީ ވިލުފުށީގައި އުފެދުނު މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އެފް.އޭ.އެމް ގެ ރެފްރީ ކޯހާއި ފުޓްބޯޅަ އަދި ހޭންޑް ބޯޅައިން ކޯޗިންގ ސެޓްފިކެޓްވެސް ހާސިލުކޮށް، ކުޅިވަރު ދަނޑުތަކުގައި ކުދިންނާއި ޒުވާނުން ތަމްރީންކުރުމުގައި ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޝަހާއުއަކީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތެރިއެކެވެ.