އިބްރާހީމް ނަޢީމް
ކައުންސިލް ރައީސް
ކައުންސިލްގެ ރައީސް އިބްރާހީމް ނަޢީމް އޮނާރސް ޑިގްރީ ހާސިލުކުރެއްވީ ލަންޑަން ސައުތުބޭންކް ޔުނިވަރސިޓީ އިން ބިޒްނަސް އިންފޯމޭޝަން ޓެކްނޮލިޖީގެ ދާއިރާއިންނެވެ. އަދި އޮސްޓްރޭލިއާގެ ވޮލޮންގޮންގް ޔުނިވަރސިޓީ އިން އިންފޮމޭޝަން ޓޭކްނޮލިޖީގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވާ ރައިސް އިބްރާހީމް ނަޢީމް ވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން އިމާމުކޯސް ފުރިހަމަކޮށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ޤިރާއަތު ކޯސް 1 އަދި 2 ވެސް ފުރިހަމަކޮށްފައެވެ. ރައީސް އިބްރާހީމް ނަޢީމްގެ ފަންނުވެރިކަމާއި ޚިދުމަތްތެރިކަމުގެ ދާއިރާއަށް ބަލާއިރު، ރައީސް އިބްރާހީމް ނަޢީމަކީ 1980 ވަނަ އަހަރުން ފެށިގެން ތަޢުލީމީ ދާއިރާގައި ޚިދުމަތްކުރަމުން އަންނަ މުދައްރިސެކެވެ. އިނގިރޭއްސި ބަހާއި، ހިސާބު އިލްމާއި، ކޮމްޕިއުޓަރ ސައިންސްގެ އިތުރުން ފިޒިކްސް އާއި ސްޓެމް އަކީ ކިޔަވައި ދިނުމުގެ ދާއިރާއިން، ރައީސް އިބްރާހީމް ނަޢީމްގެ ޚިދުމަތުން އެންމެ ފާހަގަކޮށްލެވޭ މާއްދާތަކެވެ. އުފެއްދުންތެރި އިލްމީ ޖީލެއް ބިނާމުކުރުމުގެ ޤައުމީ މަސައްކަތުގައި، ވޭތުވެދިޔަ 46 އަހަރުގައި ރައީސް އިބްރާހީމް ނަޢީމަކީ ފާހަގަކޮށްލެވޭ ޤައުމީ ޚިދުމަތްތެރިއެކެވެ.