Profile Photo

އާމިނަތު މަލްދާ

ކައުންސިލް މެންބަރު

ކައުންސިލް މެންބަރ އާމިނަތު މަލްދާ ސާނަވީ ތަޢުލީމް ހާސިލުކުރެއްވީ މާލޭ އިންގްލިޝް ސްކޫލް (އެމް.އީ.އެސް) އިންނެވެ. ކައުންސިލް މެންބަރ އާމިނަތު މަލްދާގެ ފަންނުވެރިކަމާއި ޚިދުމަތްތެރިކަމުގެ ދާއިރާއަށް ބަލާއިރު، އަމިއްލަ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރުމުގެ އިތުރުން އާއިލީ ވިޔަފާރި ހިންގުމުގައި ޒިންމާދާރު މަސްޢޫލިއްޔަތުތަކެއް އަދާކުރައްވާފައިވެއެވެ. އިޖުތިމާޢީ މަސައްކަތުގައި އަބަދުވެސް ހަރަކާތްތެރިވާ ކައުންސިލް މެންބަރ އާމިނަތު މަލްދާ ވަނީ ފައުންޑޭޝަން ފޮރ އެކްޓިވް ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް ޖަމުއިއްޔާ) ގެ ފުރަތަމަ ދެ ދައުރުގެ ހިންގާ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވާފައެވެ. އަދި ޖަމާއަތްތެރިކަމުގެ ސެޓްފިކެޓް ހާސިލްކުރައްވައިފައިވާ ކައުންސިލް މެންބަރ އާމިނަތު މަލްދާ އަކީ ޖަނާޒާގެ ކަންކަމުގައި އަމިއްލަގޮތުން ބައިވެރިވެ ޚިދުމަތްކުރަމުން އަންނަ ޚިދުމަތްތެރިއެކެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2026 ކޮޕީރައިޓްސް