ޙައްވާ ޝުރުފާ
ކައުންސިލް މެންބަރު
ކައުންސިލް މެންބަރ ޙައްވާ ޝުރުފާ މަތީ ސާނަވީ ތަޢުލީމް ހާސިލުކުރެއްވީ ވިލުފުށީ ސްކޫލުންނެވެ. 2018 ވަނަ އަހަރު ވިލުފުށީ ސްކޫލްގެ ހަޔަރ ސެކަންޑަރީ އިން ބެސްޓް އޯލް ރައުންޑަރގެ މަޤާމު ހާސިލުކުރެއްވި ކައުންސިލް މެންބަރ ޙައްވާ ޝުރުފާގެ ފަންނުވެރިކަމާއި ޚިދުމަތްތެރިކަމުގެ ދާއިރާއަށް ބަލާއިރު، އަމިއްލަ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރުމުގެ އިތުރުން، އާއިލީ ވިޔަފާރި ހިންގުމުގައި ޒިންމާދާރު މަސްޢޫލިއްޔަތުތަކެއް އަދާކުރައްވާފައިވެއެވެ. ޤުރުއާންގެ އިލްމު އުގެނުމާއި އުގަންނައި ދިނުމުގެ މަސައްކަތުގައި އަބަދުވެސް ހަރަކާތްތެރިވާ ކައުންސިލް މެންބަރ ޙައްވާ ޝުރުފާއަކީ އިޖުތިމާޢީ މަސައްކަތްތަކުގައިވެސް ފާހަގަކޮށްލެވޭ ޚިދުމަތްތެރިއެކެވެ.