"ދި ޔުނިޓީ ޗެންޕިއަންޝިޕް 2025 - ވޮލީބޯލް އެޑިޝަން" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން ވިލުފުށީގެ ރައްޔިތުންނަށް އަމާޒުކޮށް "ދި ޔުނިޓީ ޗެންޕިއަންޝިޕް" ގެ ނަމުގައި 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކައުންސިލުން އަންނަނީ ކުޅިވަރު މުބާރާތެއް ބާއްވަމުންނެވެ. އެގޮތުން މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ނޮވެމްބަރ 03 އިން 11 އަށެވެ. މިއީ ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ ވޮލީ މުބާރާތެކެވެ. މި މުބާރާތުގެ ކުޅުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ވިލުފުށީ ރަސްމީ ވޮލީ ކޯޓުގައެވެ.