"ދި ޔުނިޓީ މަސްރޭސް 2025" ސްޓްރޭންޖް ފިޝިންގ ޓީމް ކާމިޔާބުކޮށްފި

"ދި ޔުނިޓީ މަސްރޭސް" އަކީ ވިލުފުށީ ކައުންސިލުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި އެދުވަހާއި ގުޅުވައިގެން މަސްވެރިންނާއި ހާއްސަކޮށް ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މަސްރޭހެކެވެ. އެއްވަނަ އަށް ދާ ޓިމަކަށް 10.000ރ ގެ ފައިސާގެ އިނާމެއް ހޫށަހަޅާފައިވާ މިމުބާރާތުގައި ޖުމުލަ 4 ޓީމް ބައިވެރިވެފައިވާއިރު، މުބާރާތުގެ އެއްްވަނަ ހާސިލްކޮށްފައިވަނީ "ސްޓްރޭންޖް ފިޝިންގ ޓީމް" އެވެ. އަދި މުބާރާތުގެ ދެވަނައަށް ހުށަހަޅާފައިވާ 5،000ރ ހާސިލުކޮށްފައިވަނީ "ޓީމް ބުލޫފިން" އެވެ.

މީގެ އިތުރުންވެސް މުބާރާތުގައި އެންމެ ބަރުބަސް އަދި އެންމެ ގިނަމަސް ބޭނި ޓީމުތަކަށްވެސް ވަނީ ފައިސާގެ އިނާމު ދީފައެވެ. މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތައްފަހު ވިލުފުށީގެ މަސްވެރިންގެ ޝަރަފުގައި ބޮނޑިބަތް ޖާފަތަކާއި ބާބަކިއުއެއްވެސް ވަނީ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންގޮސްފައެވެ. މިމުބާރާތުގެ ފޯރި އަހަރަކަށްފަހު އަހަރެއް ގަދަވަމުންއަންނައިރު 2026 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެންވެސް "ދި ޔުނިޓީ މަސްރޭސް" ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2026 ކޮޕީރައިޓްސް