259 ބައިވެރިންނާއެކު "ދި ޔުނިޓީ ރަން 2025" ކާމިޔާބުކަމާއެކު ނިންމާލައިފި
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ރަށު ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ކައުންސިލުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން 2024 ވަނަ އަހަރުން ފެށިގެން "ދި ޔުނިޓީ ރަން" ގެ ނަމުގައި ވިލުފުށީ ގައި ދުވުމުގެ ހަރަކާތެއް ކައުންސިލުން އަންނަނީ ކުރިއަށް ގެންދަމުންނެވެ. މިހަރަކާތުގެ މައިގަނޑު މަޤްސަދަކީ ސުނާމީ ކާރިސާގެ ހަނދާން އައުކުރުމާއި އެކާރިސާގައި އަޅުގަނޑުމެންނާއި ވަކިވެގެންދިޔަ ފަރާތްތަކުގެ ޒިކުރާ އައުކުރުމެވެ.

2025 ޑިސެމްބަރ 26 ވަނަ ދުވަހު "ދި ޔުނިޓީ ރަން 2025" ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވާން ބޭނުން ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެހެން އާންމުކޮށް ހުޅުވައިލައިގެންނެވެ. 4 ކެޓަގަރީއެއްގައި ބައިވެރިވެވޭ ގޮތަށް ހުޅުވާލި ފުރުޞަތުގައި ޖުމުލަ 259 ބައިވެރިން ވަނީ ރަންގައި ބައިވެރިވެފައެވެ. އެއީ ޖޫނިއަރ ކެޓަގަރީ އިން 99 ބައިވެރިންނާއި، ޔޫތް ކެޓަގަރީ އިން 66 ބައިވެރިންނާއި، އޯޕަން ކެޓަގަރީ އިން 55 ބައިވެރިންގެ އިތުރުން ވެޓަރަންސް ކެޓަގަރީ އިން 39 ބައިވެރިންނެވެ.

ކޮންމެ ކެޓަގަރީއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވައިފައިވާއިރު މުޅި ރަން އިންވެސް އެއްވަނަ، ދެވަނަ އަދި ތިއްވަނަ އަށް ހޮވުނު ބައިވެރިންނަށް ވަނީ މެޑަލް ދީފައެވެ. އަދި މިރަންގައި ބައިވެރިވެ ދުވުން ފުރިހަމަކުރި ކޮންމެ ބައިވެރިއަކަށްވެސް ވަނީ މެޑަލް ދީފައެވެ.
