ދި ޔުނިޓީ ޗެމްޕިއަންޝިޕް 2025 ގެ ވޮލީބޯލް އެޑިޝަންގެ ޗެމްޕިއަންކަން ޓީމް ރެހެންދިން ހޯދައިފި
ކައުންސިލުން އިންތިޒާމްކޮށްގެން ނޮވެމްބަރު 3 ން 10 ށް ކުރިއަށް ގެންދިޔަ "ދި ޔުނިޓީ ޗެމްޕިއަންޝިޕް 2025 ގެ ވޮލީބޯލް އެޑިޝަން"ގެ ޗެމްޕިއަންކަން، ފުލެއާސް ސްޕޯރޓްސް ކްލަބް ބަލިކޮށް ޓީމް ރެހެންދިން ހޯދައިފި.
މިމުބާރާތަކީ ކޮންމެ 2 އަހަރަކުން އެއްއަހަރު މުޅި ރަށަށް ހުޅުވާލައިގެން ދެ ޑިވިޝަނަށް ކުރިއަށް ގެންދާ ވޮލީ ބޯޅަ މުބާރާތެކެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގެ ޤަވާއިދުގައި ލާޒިމްކޮށްފައިވާ މިންވަރަށް ޓީމްތައް ބައިވެރި ވެފައި ނުވާތީ ފިރިހެން ޑިވިޝަން ކުރިއަށް ގެންދެވިފައި ނުވެއެވެ.
"ދި ޔުނިޓީ ޗެމްޕިއަންޝިޕް 2025 ގެ ވޮލީބޯލް އެޑިޝަން" ގެ ފުރަތަމަ މުބާރާތައްވުރެ ދެވަނަ މުބާރާތުގެ ފެންވަރު ރަނގަޅު ވެފައިވާއިރު މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ މެދުގައި އޮތް ފޯރިވެސް ވަނީ އިތުރަށް ގަދަވެފައެވެ. މުބާރާތުގައި ބައިވެރިވި 5 ޓީމްގެ ތެރެއިން 4 ޓީމަކުން އަތޮޅު ފެންވަރުގެ ކުޅުންތެރިން ޓީމުގައި ހިމަނައިގެން މުބާރާތުގައި ވާދަކުރިއިރު، ފުލެއާސް އަދި ރެހެންދިން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ ބިދޭސީކުޅުންތެރިން މިމުބާރާތަށް ޓީމަށް ގެނެސްފައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމް ރެހެންދިއަށް 15000ރ ގެ ފައިސާގެ އިނާމަކާއި މެޑަލް އަދި ޗެމްޕިއަން ޓްރޮފީ ދިންއިރު، ރަނަރއަޕް ޓީމް ފުލެއާރސް އަށް 5000ރ ގެ ފައިސާގެ އިނާމާއި މެޑަލް ކައުންސިލުން ވަނީ ދީފައެވެ. އަދި މީގެއިތުރުން މުބާރާތުގެ ކުއީން އޮފް ދަ ޓޯނަމެންޓާއި ބެސްޓް އިންޓަރނޭޝަނަލް ޕްލެޔަރ އަދި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ އިތުރުން ބެސްޓް ކޯޗް، ފެއާޕްލޭ ޓީމް އަދި މޯސްޓް ޕްރޮމިސިންގ ޕްލެޔަރ ހޮވައި އެފަރާތްތަކަށް ވަނީ ޓްރޮފީ ދީފައެވެ.
ރަށުގެ ވޮލީބޯޅަ ކުރިއަރުވައި ޒުވާން ކުޅުންތެރިން އުފައްދައި، އެކުޅުންތެރިނަށް އިތުރު ތަޖުރިބާ ހޯދައިދިނުމާއެކު އަތޮޅު ފެންވަރުގެ ޓީމެއް އަނެއްކާވެސް އުފަންކުރުމަށްޓަކައި މިމުބާރާތަކީ ކޮންމެހެންވެސް ބޭނުންތެރި މުބާރާތެއްގެ ގޮތުގައި ޓީމްތަކުންވެސް ވަނީ ސިފަކޮށްފައެވެ.

ދި ޔުނިޓީ ޗެމްޕިއަންޝިޕް 2025 - ވޮލީބޯލް އެޑިޝަން ގެ ޗެމްޕިއަން ޓީމް: ޓީމް ރެހެންދި

ދި ޔުނިޓީ ޗެމްޕިއަންޝިޕް 2025 - ވޮލީބޯލް އެޑިޝަން ގެ ރަނަރއަޕް ޓީމް: ފުލެއާރސް ސްޕޯރޓްސް ކްލަބް

ދި ޔުނިޓީ ޗެމްޕިއަންޝިޕް 2025 - ވޮލީބޯލް އެޑިޝަން ގެ ކުއީން އޮފް ދަ ޓޯނަމެންޓް: ޓީމް ރެހެންދިގެ ފާތިމަތު ނާސިހާ

ދި ޔުނިޓީ ޗެމްޕިއަންޝިޕް 2025 - ވޮލީބޯލް އެޑިޝަން ގެ ބެސްޓް އިންޓަރނޭޝަނަލް ޕްލެޔަރ: ޓީމް ރެހެންދިގެ ކަންތިމާ

ދި ޔުނިޓީ ޗެމްޕިއަންޝިޕް 2025 - ވޮލީބޯލް އެޑިޝަން ގެ ބެސްޓް 6 ޕްލެޔަރ އެންޑް ބެސްޓް ކޯޗް:
ޓީމް ރެހެންދިގެ ކަންތިމާ
ފުލެއާރސް ސްޕޯރޓްސް ކްލަބް ރޯޒާ
ޓީމް ރެހެންދިގެ ފާތިމަތު ނާސިހާ
ފުލެއާރސް ސްޕޯރޓްސް ކްލަބް އަނާ އަލީ ފިރާޤް
ޓީމް ރެހެންދިގެ ޝަޒިއްޔާ ރަޝީދު
ސްޕައިކާރސްގެ އައިޝަތު އަރީކާ
ބެސްޓް ކޯޗް: ޓީމް ރެހެންދިގެ އާދަމް ޒިލާލް

ދި ޔުނިޓީ ޗެމްޕިއަންޝިޕް 2025 - ވޮލީބޯލް އެޑިޝަން ގެ ފެއަރޕްލޭ ޓީމް: ސްޕައިކާރސް

ދި ޔުނިޓީ ޗެމްޕިއަންޝިޕް 2025 - ވޮލީބޯލް އެޑިޝަން ގެ މޯސްޓް ޕްރޮމިސިންގ ޕްލެޔަރ: ސެލިއާގެ ފާތިމަތު ޒަހާ