ވިލުފުށީ ފުޓުބޯޅަ ދަނޑުގެ ރޮސްޓަމް ޤާއިމުކޮށް ލައިޓް ޖެހުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފި

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ވިލުފުށީ ފުޓުބޯޅަ ދަނޑުގެ ރޮސްޓަމް ޤާއިމުކޮށް ލައިޓް ޖެހުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ. އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑީ.ސީ.ޕީ (ރ.ޓ.ޑ) އަހްމަދު ސައުދީއެވެ. ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަބްދުއްރައްޒާގު އިބްރާހީމެވެ.

މި އެއްބަސްވުމުގެ ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

360 ދުވަސްތެރޭގައި މަސައްކަތް ނިންމަން އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 21.73 މިލިއަން ރުފިޔާގެ މަޝްރޫއުއެެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2025 ކޮޕީރައިޓްސް