ވިލުފުށީ ހޮސްޕިޓަލް އިމާރާތުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ފަށައިފި

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ވިލުފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ ބިންގާ އަޅައިފިއެވެ.

ވިލުފުށީ ހޮސްޕިޓަލުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު, ވިލުފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.

ވިލުފުށީގައި އިމާރާތްކުރާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމް.ޓީ.ސީ.ސީ އާއިއެވެ.

މި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙީމެވެ. އަދި މި ރަސްމިއްޔާތުގައި އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއާއި، ވިލުފުށީ ދާއިރާގެ މެންބަރާއި ކައުންސިލް ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވިލުފުށީގައި އިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް 18 މަސްދުވަސް ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2025 ކޮޕީރައިޓްސް