ވިލުފުށީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އާރު.ޑީ.ސީ އާއި ހަވާލުކޮށްފި

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ވިލުފުށީ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހި، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާއި ހަވާލުކޮށްފިއެވެ.
ވިލުފުށީ މަގުހެދުމުގެ މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލުފުއްޓަށް ވަޑައިގެން ވިލުފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. ވިލުފުށީ މަގުހެދުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޘީމްއެވެ.
ދަޢުލަތުގެ ބަޖެޓުން 59,891,725.08 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް 730 ދުވަސް ތެރޭގައި ނިންމަންޖެހެއެވެ.