ވިލުފުށީގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިފި

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ވިލުފުއްޓަށް ވަޑައިގެންނެވި ދަތުރުފުޅުގައި، ވިލުފުށީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލްފާޟިލް ޢަލީ އިޙްސާންއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ޕާސްޕޯޓުގެ ޚިދުމަތް ވިލުފުށީގައި ފެއްޓެވުމަށްޓަކައި، ކައުންސިލްގެ ބަޖެޓުން އެކަމަށް ބޭނުންވާ ހުރިހާ ސިސްޓަމްތަކެއް ގަތުމަށްފަހު، އިމިގުރޭޝަންގެ އޮފީހަށް ބޭނުންވާ ޖާގަވެސް މިހާރުވަނީ ކައުންސިލް އިދާރާގެ އިމާރާތުގެ ތެރޭގައި ހަމަޖައްސަވައި ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ޕާސްޕޯޓުގެ ޚިދުމަތް ވިލުފުށީގައި ފެށިގެން ދިއުމަކީ ވިލުފުއްޓާއި ވިލުފުށީ ދާއިރާ އަދި އަތޮޅުގެ އެހެން ރައްތަކުގެ ރައްޔިތުންނަށްވެސް ލިބިގެންދިޔަ ވަރަށްވެސް ބޮޑު ލުއިފަސޭހަކަމެވެ.

ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ © 2026 ކޮޕީރައިޓްސް